ފާޑުކިޔުން އަމާޒުވެ، ކުރެހުމަށް އަގުދޭން މުއިއްޒު އެއްބަސްވެއްޖެ

  • މާފަންނު ބޮޑުގޭގައި ހުސްކޮށް އޮތް ބިމުގައި ހަދާ ޕާކިން ޒޯނުގެ ފާރުގައި ހަރުކުރުމަށް ހަދާ ކުރެހުމަށް އަގުދިނުމަށް މާލެ ސިޓީގެ މޭޔަރ މުހައްމަދު މުއިއްޒު އެއްބަސްވެއްޖެއެވެ.

މުއިއްޒު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޮޑުގޭގައި ހުސްކޮށް އޮތް ބިމުގައި ހަދާ ޕާކިން ޒޯންގެ އަރިމަތީ ފަރާތުގައި ރާއްޖޭގެ ރީތިކަން ދައްކައިދޭފަދަ އިސްލާމީ ވަންތަަކަން ރަމްޒުކޮށްދޭ ކުރެހުމެއް ހިލޭ ސާބަހަށް ކުރައިދޭން ޝައުގުވެރިކަން ހުރި މީހަކު ހުރިނަމަ އަންގައިލަދެއްވުން އެދޭ ކަމަށެވެ. އަދި  ކުރެހުމަށް ބޭނުންވާ ހުރިހާ ސާމާނެއް ސިޓީ ކައުންސިލުން ފޯރުކޮށްދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ނަމަވެސް ހިލޭ ސާބަހަށް މި ކުރެހުން ހަދައިދޭނެ ފަރާތެއް ހޯދުމަށް އިއުލާންކުރީތީވެ، މީސްމީޑިއާގައި ރާއްޖޭގެ އާޓިސްޓުން ވަނީ މުއިއްޒުއަށް ފާޑުކިޔައިފައެވެ. އެގޮތުން ކުރެހުންތެރިންނަކީ ވެސް އާމްދަނީއެއް ބޭނުންވާ ބައެއް ކަމަށާއި އެމީހުން ކުރާ އެ ބުރަ މަސައްކަތައް ހަމަ އަގު ލިބެން ޖެހޭނެ ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔުން އަމާޒުކޮށްފައިވެއެވެ.

ފާޑުކިޔުންތައް އަމާޒުވުމުން މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އާޓިސްޓުންގެ ވާހަކަތަކާއި ކަންބޮޑުވުންތައް އެހުމަށްފަހު، ކުރެހުމަށް އަގުދޭން ނިންމައިފިކަމަށެވެ. އަދި މި މަސައްކަތް ކުރުމަށް ބިޑިން އަށް ހުޅުވާލާނެ ކަމަށެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!