8 މީހުންނާއެކު ދަތުރުކުރި ދޯންޏެއް އުރިއްޖެ

  • ކ. ހުދުރަންފުށި ރިސޯޓަށް 8 މީހުންނާއި އެކު ދަތުރުކުރި ދޯންޏެއް އުރިއްޖެއެވެ.
  • މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، އެ ރިސޯޓްގެ ނެރުމައްޗަށް އުރިފައިވަނީ 93 ފޫޓްގެ “ދިރުން” ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ.

މި ހާދިސާގެ ރިޕޯޓު މިއަދު ހެނދުނު 10:20 ހާ އިރު ލިބުމާއެކު އެންއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ޑައިވަރުންގެ އެހީތެރިކަމާއެކު ދޯނި ފުންކޮށްފައިވާ ކަމަށް ވެސް އެމްއެންޑިީއެފް އިން ބުނެއެވެ.

މި ހާދިސާ ހިނގި އިރު، އެ ދޯނީގައި ހަތް ބިދޭސީންނާއި ދިވެއްސަކު ހުރި ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ނުވާ ކަމަށް ވެސް އެ އިދާރާ އިން ބުނެއެވެ. އަދި ދޯންޏަށް އެއްވެސް ވަރެއްގެ ގެއްލުމެއް ނުލިބޭ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!