މާލެތެރެ ފޮގް ކުރަން ފަށައިފި

މަދިރި އާލާވުން ކުޑަކުރުމަށް މާލެ އާއި ވިލިމާލޭގައި ފޮގް ކުރުމުގެ މަސައްކަތް ފަށައިފައިވާކަން މާލެ ސިޓީގެ މޭޔަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރ މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލެ އާއި ވިލިމާލެސަރަހައްދު ފޮގް ކުރަން ފެށިފައިވަނީ، ވިއްސާރަ މޫސުން އައިސް މަދިރި އާލާވުން އިތުރުވެފައިވާތީވެ ކަމަށެވެ.

މީގެ އިތުރުން، ކޮންސްޓްރަކްޝަން ސައިޓްތަކުގައި ފެން ހަރުލާތަންތަން ހުރިތޯ ބަލާ މަދިރި ބޭސް އެޅުމުގެ މަސައްކަތްވެސް މިއަދު ފަށާނެ ކަމަށް މޭޔަރ ވިދާޅުވިއެވެ.

މުއިއްޒު ސިޓީގެ މޭޔަރ އާއި ހަވާލުވުމަށްފަހު، މާލެ ސިޓީގެ މަގުތައް ދޮވެ ސާފުކުރުމުގެ ޕްރޮގްރާމް ވެސް އަލުން ވަނީ ފައްޓަވައިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!