ކޮވިޑް ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ވިދާޅުވީ، ކޮވިޑް-19 ޖެހިގެން މިއަދު މީހަކު ނިޔާވެފައިވާކަމަށާއި ރާއްޖޭގައި މިހާތަނަށް މިބަލި ޖެހިގެން ނިޔާވި މީހުންގެ އަދަދު 145 އަށް އަރާފައިވާކަމަށެވެ.

މިއަދު 10:20 ގައި ކޮވިޑް-19ގައި ނިޔާވެފައި ވަނީ އައްޑޫ މެޑިކަލް ފެސިލިޓީގައި ގައި އެޑްމިޓްކޮށް ފަރުވާދެމުން ދިޔަ އުމުރުން 91 އަހަރުގެ ދިވެހި ފިރެހެނެކެވެ.

ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 145 އަށް އަރާފަ އެވެ. މިމަހުގެ ނިޔާވި މީހުންގެ އަދަދަކީ 72 އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!