މެންބަރުންނަށް އިންޝުއަރެންސު ދޭން އަލުން އިއުލާނުކޮށްފި

ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް އިންޝުއަރެންސް ދޭނެ ފަރާތެއް ހޯދަން ކުރި އިއުލާނު ބާތިލްކޮށް، އަލުން ބީލަމަށް ހުޅުވާލައިފި އެވެ.

ރައްޔިތުން މަޖިލީހުގެ އެދުމުގެ މަތީން ފިނޭންސް މިނިސްޓްރީން މަޖިލީހުގެ މެންބަރުންނަށް އިންޝުއަރެންސުގެ ހިދުމަތް ދޭނެ ފަރާތެއް ހޯދަން ބީލަން ހުޅުވާލައި އިއުލާނުކުރީ އެޕްރީލް މަހު އެވެ. އަދި ބީލަމަށް ހުޅުވާލުމުން ބައެއް ފަރާތްތަކުން ބިޑު ހުށަހެޅި އެވެ. ނަމަވެސް އެ އިއުލާނު މިނިސްޓްރީން މިހާރު ވަނީ ބާތިލު ކޮށްފަ އެވެ.

މަޖިލިސް މެންބަރުނަށް އިންޝުއަރެންސް ދޭނެ ފަރާތެއް ހޯދަން ކުރި އެ އިއުލާނު ބާތިލް ކުރި ސަބަބެއް ފިނޭންސް މިނިސްޓްރީން ބުނެފައެއް ނުވެ އެވެ.

އެ މިނިސްޓްރިން އަލުން ކުރި އިއުލާނުގައި ބުނީ މަޖިލީހުގެ އިދާރާގެ އެދުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވި ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މެންބަރުންގެ ޑިޕެންޑެންޓުންނަށް ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށް ދޭނެ ފަރާތެއް ހޯދަން ބޭނުން ވެގެން ކުރިން ހުށަހެޅި ބީލަންތައް ބާތިލްކޮށް ބީލަން ހުށަހެޅުމުގެ ފުރުސަތު ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލާ ކަމަށެވެ.

މި މަސައްކަތަށް ބީލަށް ހުށަހެޅުމުގެ ފުރުސަތު ޖޫން މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.

މަޖިލިސް މެންބަރުންނަށް ދޭ އިންޝުއަރެންސް ޕެކޭޖަކީ ރާއްޖޭގައި ދޭ އެންމެ ވަރުގަދަ އިންޝުއަރެންސް ޕެކޭޖެވެ. މި ޕެކޭޖުގެ ޕްރިމިއަމްގެ އަގަކީ ބޮލަކަށް 24،000 ރުފިޔާ އެވެ. އަދި މުޅި ޕެކޭޖުގެ ބެނެފިޓް ލިމިޓް 350،000 އަށްވުރެ ކުޑަ ވެގެން ނުވެ އެވެ. މި ޕެކޭޖުގެ ދަށުން މަޖިލިސް މެންބަރުންނާއި އާއިލާތަކުގެ ބޭފުޅުންނަށް ރާއްޖޭގެ އިތުުރުން މި ސަރަހައްދުގެ ގައުމުތަކާއި އާސިއާންގެ ގައުމުތަކުގައި އަތުން އެއްވެސް އެއްޗެއް ނުދީ “ކޭޝް ލެސްކޮށް” ފަރުވާ ކުރެވޭނެ އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!