ކޯވިޑް-19އާ ގުޅިގެން ސަރުކާރުން ކުރި ޚަރަދު 3.4 ބިލިއަން ރުފިޔާއަށް!

ކޯވިޑް-19އިން އަރައިގަތުމަށް ސަރުކާރުން މިހާތަނަށް 3.4 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ޢާންމުކޮށްފައިވާ “ވީކްލީ ކޯވިޑް-19 ސްޕެންޑިން” ރިޕޯޓުގައިވާ ގޮތުން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކޯވިޑުގެ ހާލަތުން އަރައިގަތުމަށް ސިއްޙީ އަދި އިޖްތިމާޢީ މަސައްކަތްތަކަށް ވަނީ 1.7 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ. އަދި އިކޮނޮމިކް ރެސްޕޮންސް ސްޕެންޑިންއަށް 1.7 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ސިއްޙީ އަދި އިޖްތިމާޢީ މަސައްކަތްތަކަށް 1.7 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޙަރަދުކޮށްފައިވާއިރު، މިއީ ހުސްވި ހަފްތާއަށްވުރެ 30 ބިލިއަން ރުފިޔާ އިތުރު އަދަދެެކެވެ.

ސިއްޙީ އަދި އިޖްތިމާޢީ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭގެ މަސައްކަތްތަކަށެވެ. އެ ސެންޓަރުގެ މަސައްކަތްތަކަށް 867.9 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ދެން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހެލްތު މިނިސްޓްރީއަށެވެ. އެ މިނިސްޓްރީއަށް 497.5 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ތިންވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އައިޖީއެމްއެޗެށެވެ. އެ ހޮސްޕިޓަލަށްވަނީ 144.7 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!