މާލެއިން މަހަށް ފުރާ ފަރާތްތަކަށް ހާއްސަ ހުއްދައެއް ދޫކުރަނީ

މާލެ ސިޓީގައި މިހާރު އަޅާފައިވާ ޙާއްސަ ފިޔަވަޅުތަކާއެކު، މާލެ ސިޓީން މަހަށް ފުރާ ފަރާތްތަކަށް ހާއްސަ ހުއްދައެއް ދޫކުރުމަށް ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިިން ނެރެފައިވާ ޚާއްޞަ ޙާލަތާއިގުޅިގެން މާލޭސިޓީގެ މަސްވެރި އުޅަނދުފަހަރުގައި މަހަށް ފުރާ ފަރާރްތަކުން ހުއްދައަށް އެދުމަށް ކޮންމެ ދުވަހެއްގެ ހެދުނު 8:00 އިން ފެށިގެން ކުރިއަށްދާނެ ކަމަށެވެ. އަދި ހުއްދަ އަށް އެދުމަށް ސިޓީ ކައުންސިލްގެ ވެބުސައިޓްގައި އެކަމަށް ޚާއްޞަކޮށްފައިވާ ޕޯޓަލް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.

މަސްވެރިކަމުގެ ސިނާއަތަކީ ގިނަ އަދަދެއްގެ ބައެއް އާމްދަނީއާއި ސީދާގޮތުން ގުޅިފައިވާ ސިނާއަތެެކެވެ. ހުސްވި އަހަރުތެރޭ ރާއްޖޭގެ ބޯޑަރުތަށް ބަންދުކޮށްފައި އޮތް ދުވަސްވަރުވެސް، މަޑުޖެހުމެއް ނެތި ކުރިއަށްދިޔަ އެއް ސިނާއަތަކީ މަސްވެރިިކަމުގެ ސިނާއަތެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!