އާމިރުގެ މި ފިލްމު ސަލްމާނަށް ހުށަހެޅުމުން ބުނީ ނޫނެކޭ

އާމިރު ޚާނާއި ސަލްމާން ޚާނަކީ ބޮލީވުޑްގައި ތިބި އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ ދެ ތަރިންނެވެ. ދެމީހުންވެސް ކެރިއަރުގައި ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާއިރު، “ގަޖިނީ” އަކީ އާމިރުގެ ކެރިއަރުން ވަރަށް ފާހަގަކޮށްލެވޭ ފިލްމެކެވެ. އެކަމަކު، “ގަޖިނީ” ކުޅެން އާމިރުގެ ބަދަލުގައި ސަލްމާނަށް ހުށަހެޅިކަން އެނގޭ ހެއްޔެވެ؟

ރިޕޯޓުތައް ބުނާގޮތުގައި، އެ ފިލްމުގެ ސްކްރިޕްޓު އެންމެފުރަތަމަ އާމިރާ ހަމައަށް ދިޔުމުން، ސްކްރިޕްޓު ކިޔާފައި “ގަޖިނީ” ގެ ޓައިޓަލް ރޯލަށް އެންމެ ފެތޭނީ ސަލްމާން ކަމަަށް ޚިޔާލު ދިން މީހަކީ އާމިރެވެ. އެހެންނަމަވެސް، ސަލްމާން އެ ފިލްމު ކުޅެން އިންކާރުކުރުމުން އާމިރަށް ލިބުނީއެވެ. އެ ފިލްމަށް ސަލްމާން ނޫނެކޭ ބުނި ސަބަބެއް ސާފެއް ނޫނެވެ.

ކޮންމެއަކަސް، ބޮލީވުޑް ފިލްމުތަކުގެ ތެރެއިން ބޮކްސް އޮފީހުގައި 100 ކްރޯޑުގެ އާމްދަނީއެއް ލިބުނު ފުރަތަމަ ފިލްމުގެ ލަޤަބު ހާސިލްކުރި “ގަޖިނީ” ކުޅެން އިންކާރުކުރެވުމުން ސަލްމާން މިއަދު އެކަމާ ދެރަވާނެ ކަމަށް ބެލެއެވެ. ނަމަވެސް، އެ ފިލްމު ބަލާފައި ޚުދު އޭނާ ވެސް ވަނީ އާމިރު ޚާންގެ އެކްޓިންގ އަށް ތަޢުރީފުކޮށްފައެވެ. އޭނާ ބުނީ “ގަޖިނީ” އެހާ ބޮޑު ކާމިޔާބީއަކަށް ވެގެންދިޔައީ ވެސް އާމިރުގެ ސަބަބުން ކަމަށެވެ. އެއާއެކު، ސަލްމާން ވަނީ އެ ފިލްމާ ގުޅުވައިގެން އޭނާގެ އަމިއްލަ އަތުން ކުރަހާފައިވާ ދެ ކުރެހުން އާމިރަށް ހަދިޔާކޮށްފައެވެ.

2008 ގައި ނުކުތް “ގަޖިނީ” އަކީ އޭ.އާރް. މުރުގަދޮސް ޑައިރެކްޓުކޮށްފައިވާ ފިލްމެކެވެ.

“ގަޖިނީ” ގެ ޕޯސްޓަރެއް

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!