ކާމިޔާބު ކައިވެންޏެއްގެ ސިއްރަކީ އެކަކު އަނެކަކާ މުއާމަލާތް ކުރުން: ޕްރިޔަންކާ

ކައިވެންޏެއް ދެމެހެއްޓުމަށް ބޭނުންވާ އެންމެ މުހިންމު އެއް ސިފައަކީ، ދެމީހުން އެކަކު އަނެކަކާ މުއާމަލާތްކޮށް ހުރިހާ ކަމެއް މަޝްވަރާކުރުން ކަމަށް މަޝްހޫރު އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާ ބުނެފިއެވެ.

ދާދިފަހުން ބިލިބޯޑް މިއުޒިކް އެވޯޑްސް (ބީބީއެމްއޭ) ގައި ފިރިމީހާ ނިކް ޖޯނަސް އާއެކީ ބައިވެރިވި ބަތަލާ، ‘ވޯގް އޮސްޓްރޭލިއާ’ އަށް ދިން އިންޓަވިއުއެއްގައި ވަނީ ކާމިޔާބު ކައިވެންޏެއްގެ ސިއްރުތަކާ ބެހޭގޮތުން ވާހަކަދައްކައިފައެވެ. އެގޮތުން އެ މެގަޒިނުން އޭނާއާ އެ ސުވާލު ކުރުމުން ބުނީ، އެމީހުންގެ ކައިވެންޏަށް އަދިވީ އެންމެ ދެއަހަރު ކަމަށާއި، މާ ބޮޑު އެއްޗެއް ބުނަން އަދި ނޭނގޭ ކަމަށެވެ.

“އެކަމަކު އަހަރެން ދެކޭ ގޮތުގައި ކައިވެންޏެއް ދަމަހައްޓަން އެންމެ މުހިންމު އެއް ކަމަކީ ދެމީހުން ވާހަކަދެއްކުން. ގިނަ ވަގުތު އެކުގައި ހޭދަކޮށް، ހަމަޖެހިގެން ވާހަކަދެއްކުން”، ޕްރިޔަންކާ ބުންޏެވެ.

ޕްރިޔަންކާ އާއި ނިކްގެ ކައިވެނި މިހާތަނަށް ފެންނަނީ ވަރަށް އޮމާން ކޮށެވެ. އެގޮތުން ދެމީހުން އެކަކު އަނެކަކު ދެކެ ވާ ލޯބި މީސްމީޑިއާގައި ހިއްސާކުރަމުންދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!