ކޮވިޑް މެނޭޖުކުރުމުގައި ފެއިލްއެއް ނުވޭ: ރައީސް

ކޮވިޑް-19 ބަލިމަޑުކަން ކޮންޓްރޯލް ކުރުމުގައި ސަރުކާރު ފެއިލްވެފައި ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ނުސްވެރިންގެ ބައްދަލުވުމުގައެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެ އިތުރު އިންސާނީ ވަސީލަތް މިވަގުތު ބޭނުންވާކަމަށެވެ. އެގޮތުން އަވަށްޓެރި ޤައުމުތަކުންވެސް އެ އެހީތެރިކަން ރާއްޖެއަށް ހޯއްދެވުމަށް އެދިވަޑައިގެންފައިވާނެކަމަށާ، ނަމަވެސް މިހާތަނަށް އެއެހީތެރިކަން ލިބުމުގައި ދަތިވެފައިވަނީ އެހެންޤައުމުތަކުގެ ހާލަތުވެސް ގޯސްވެފައިވުމުގެ ސަބަބުންކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ އިންސާނީ ވަސީލަތް ހޯދުމުގެ އެހީތެރިކަން ބަންގްލަދޭޝާއި އިންޑިއާގެ ކިބައިން އެދިފައިވާނެކަމަށެވެ. ރައީސް ވިދާޅުވީ އަންނަ މަހުގެތެރޭގައި 40 ޑޮކްޓަރުންނާއި 100 ނަރުހުން ރާއްޖޭގެ ސިއްޙީ ޚިދުމަތާ ގުޅޭނެކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ކޯވިޑަށް ފަރުވާދޭނެ ތަންތަނުގެ ދަތިކަމެއް ނެތްކަމަށާ، ދަތިކަން އޮތީ ފަރުވާދޭނެ ޚިދުމަތްތެރިންގެ ޢަދަދު މަދުވުމުގައިކަމަށެވެ. ކޯވިޑް މެނޭޖް ނުކުރެވިގެން ސަރުކާރު ފެއިލްވެފައިވާކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށާ، އެންމެ ފުރަތަމަ ރާއްޖެއިން ކޯވިޑް ފެނުނު ދުވަހުން ފެށިގެން މިހާތަނަށް ކުރެވެނު މަސައްކަތްތަކުން ގިނަ އެދުތަކެއް ތައްޔާރު ކުރެވި ވަސީލަތް ގާއިމްކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ހުޅުމާލޭގައި މިހާރު ހުރި އެނދުތަކާއި އަސީޔޫއާއި ވެންޓިލޭޓަރު އެނދުތަކާއެކު މިސަރަހައްދުގައި އެކަށީގެންވާ ވަރަށް ފަރުވާދޭނެ ވަސީލަތްތައް އެބަހުރިކަމަށް ރައީސް ވިދާޅުވިއެވެ.

ހުޅުމާލޭ ފެސިލިޓީގައި ކޮންމެ 10 ބަލިމީހަކަށް މިވަގުތު ފަރުވާދެމުންދަނީ ނަރުހަކާއި، އެހީތެރިއެއް ކަމަށާ، މިއީ މަދު ޢަދަދެއްކަމަށް ގަބޫލުފުޅުކުރައްވާކަމަށާ، ނަމަވެސް ކުރިއަށް އޮތް ތަނުގައި އިތުރު މީހުން ލިބުމުން މިކަން ހައްލު ވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި މިހާރުވެސް ވެންޓިލޭޓަރާއި، އޮކްސިޖަންވެސް ބޭނުންވާ ވަރަށް އެބަހުރިކަމަށާ، އެކަމުގައިވެސް އެއްވެސް ދައްޗެއް ނެތްކަމަށް ރައީސް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!