މި މީހާ ޝާހްރުކް ޚާންގެ ދަރިފުޅާ އިންނަން އެހީ މަޖާގޮތަކަށް

ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ޚާންގެ އަންހެން ދަރިފުޅު ސުހާނާ ޚާނާ އިންނަން، މީސްމީޑިއާގައި މީހަކު ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

މީގެ ތިންދުވަސް ކުރިން ސުހާނާއަށް 21 އަހަރު ފުރިފައިވާއިރު، އޭނާގެ މަންމަ ގޯރީ ޚާން ވަނީ ސުހާނާގެ ފޮޓޯއެއް މީސްމީޑިއާގައި ހިއްސާކޮށް އުފަންދުވަހުގެ ތަހުނިޔާ ކިޔައިފައެވެ. އެގޮތުން ޓްވިޓާއަށް އެ ފޮޓޯ ދޫކޮށްލުމާއެކު، ސުހައިބް ނަމަކަށް ކިޔާ މީހަކު ވަނީ ސުހާނާއާ އިންނަން އަހައި އެއަށް ކޮމެންޓުކޮށްފައެވެ. ޝާހްރުކް ޚާންގެ ވަރަށް ބޮޑު ފޭނެއް ކަމަށް ބެލެވޭ އެމީހާ ވަނީ، ކައިވެންޏަށް އެހުމުގެ އިތުރުން އޭނާއަށް ލިބޭ އާމްދަނީ ވެސް ހާމަކޮށްފައެވެ. ސުހައިބް ބުނީ އޭނާއަށް މަހަކު އެއްލައްކަ ރުޕީސް އަށްވުރެ ގިނަ ފައިސާ ލިބޭ ކަމަށެވެ.

ކޮންމެއަކަސް، ފައިސާގެ ވާހަކަ ދައްކައިގެން ސުހާނާއަށް ކައިވެނި ހުށަހެޅި އެމީހާގެ ވާހަކަ އިންޑިއާގެ މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުގައި ޖަހާފައި ވިޔަސް، ގޯރީ ޚާން އެކަމަށް ރައްދުދީފައެއް ނުވެއެވެ.

އެމެރިކާގައި އެކްޓިންގ އާ ބެހޭ ކޯހެއް ހަދަމުން އަންނަ ސުހާނާއަކީ ޝާހްރުކްގެ ހުރި ހަމައެކަނި އަންހެން ދަރިއެވެ. އޭނާގެ ތަނަވަސް ދިރިއުޅުން، އިންސްޓަގްރާމަށް ބަލައިލުމުން ފެނެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!