ނިމްޝާގެ ހިތް ހަލާކުވެއްޖެ!

މަޝްހޫރު ޓިކްޓޮކް ތަރި ނިމްޝާ ޒާހިރަށް ބޮޑު ހިތާމައަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ނިމްޝާގެ މީސްމީޑިއާ އެކައުންޓުތަކުގައި މިރޭ ހިއްސާކޮށްފައިވަނީ، އޭނާ އޮޅުކޮށްގެން ގެންގުޅުނު ބުޅާ މަރުވި ވާހަކައެވެ. ހުދުކުލައިގެ އެ ބުޅާ މަރުވި ވާހަކަ ހާމަކުރަމުން ނިމްޝާ ބުނީ، އަބަދުވެސް އޭނާގެ ހިތުގައި ބުޅަލުގެ ހަނދާންތައް ވާނެ ކަމަށެވެ. ހަމައެހެންމެ، “ބޯބޯ” ގެ ނަން ދީފައިވާ އެ ބުޅާ ނިމްޝާއާ ވަކިވެއްޖެކަން ޤަބޫލުކުރަން ދަތިވެފައި ހުރި ކަމަށް ލިޔެފައިވެއެވެ.

މީގެކުރިން ބައެއް ޓިކްޓޮކް ވިީޑިއޯތަކުގައި ނިމްޝާ ވަނީ އޭނާގެ ބުޅާ ބައިވެރިކޮށްފައެވެ. އެހެންކަމުން، ނިމްޝާގެ ފޭނުންނަށް އެ ބުޅާ މީގެކުރިންވެސް ވާނީ ފެނިފައެވެ.

ނިމްޝާ ޒާހިރަކީ ރާއްޖޭގައި ޓިކްޓޮކް ކުޅޭ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ވިއުސް ލިބޭ އެކަކެވެ. އެއާއެކު އެކީ އޭނާއަށް ވަރަށް ގިނަ ފާޑުކިޔުންތައްވެސް އަމާޒުވެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!