ރަޝިޔާގެ ވެކްސިންގެ 2 ލައްކަ ޑޯޒަށް އޯޑަރުދެނީ

ކޯވިޑަށް ރަޝިޔާއިން ތައްޔާރުކޮށްފައިވާ ސްޕޮޓެނިކް ވެކްސިންގެ 2 ލައްކަ ޑޯޒަށް ކުރިއަށް ދެދުވަހުގެ ތެރޭގައި އޯޑަރު ދައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކޯވިޑުން ރައްކާތެރުވުމަށް ސަރުކާރު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ މި ބައްޔަށް އޮތް ހަމައެކަނި ފަރުވާ ވެކްސިން ހޯދުމަށް ސަރުކާރުން އެންމެ ފުރަތަމަވެސް މަސައްކަތް ފެއްޓެވިކަމަށެވެ. އެގޮތުން ސިންގަޕޫރްގެ އެސްޓްރަޒެނަކާގެ 7 ލައްކަ ޑޯޒް ގެނައުމަށް އެގްރިމެންޓް ކުރިކަމަށެވެ. އެހެންނަމަވެސް އިމްޕޯޓްކުރުމުގައި މިވަގުތު ހުރި ދަތިތަކުގެ ސަބަބުން އަދިވެސް އެ ވެކްސިން ލިބިފައިނުވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ރަޝިޔާގެ ސްޕޮޓެނިކް ވެކްސިންގެ 2 ލައްކަ ޑޯޒް ގެނައުމަށް މަސައްކަތް ކުރަައްވަމުން ގެންދަވާކަމަށާއި އެ ތަކެއްޗަށް ކުރިޔަށް އޮތް ދެ ދުވަހުގެ ތެރޭގައި އޯޑަރު ދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުބީ ޤައުމުތަކާއި އޮތް ގުޅުމުގެ ތެރެއިން ވެކްސިން ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށެވެ. އެހެންނަމަވެސް ޤައުމުތަކުން ވެކްސިން ދިނުމުގައި ހުރަސްތަކެއް ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!