ކޮވިޑްގެ ހާލަތު ގޯސްވީ ލުއިތަކުގެ ސަބަބުން: ރައީސް

ރާއްޖޭގައި ހަލުވި ކަމާއެކު ފެތުރެމުން މިދަނީ މިދިޔަ އޭޕްރީލް މަހު ދިން ލުއިތަކާ ހެދި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ މިރޭ ނޫސްވެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެ މިހާރު ދެކެމުން ދަނީ ކޮވިޑްގައި ދިވެހިން ތަޖުރިބާކޮށްފައިނުވާފަދަ ހާލަތެއް ކަމަށެވެ. މި މަހުގެ މިހާތަނަށް 28،600 ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާއިރު މި މަހު އެކަނިވެސް 71 މީހަކު މަރުވެފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ކޮވިޑްގައި ދިވެހިން ހޭދަކުރި 14 މަސް ދުވަހާއި މި މަހާ ނަންބަރު ހުރީ އެއް މިންވަރެއްގައި ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!