ކަރަންޓާއި ފެން ބިލް ކުޑަކޮށްދޭން ސަރުކާރުން ނިންމައިފި

މުޅި ރާއްޖޭގެ ގޭބިސީތަކުގެ ކަރަންޓާއި ފެން ބިލު ކުޑަ ކޮށްދިނުމަށް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

މިހާރު ރައީސް އޮފީހުގައި ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މި ހާލަތަކީ ރައްޔިތުންނަށް ދަތި އުނދަގޫ ވަގުތުތަކެއް ކަމުން ސަރުކާރުން ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މުޅި ރާއްޖޭގެ ގޭބިސީތައް ހިމެނޭހެން، ފެން ބިލުން 30 ޕަސެންޓު އަދި ކަރަންޓު ބިލުން 40 ޕަސެންޓު ކުޑަކޮށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި ވިޔަފާރިތަކަށް ވެސް ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ވިޔަފާރިތަކުން ފެން ބިލުންނާއި ކަރަންޓު ބިލުން 20 ޕަސެންޓު ކުޑަކޮށް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެކުރިން ވެސް ކޮވިޑާއި ގުޅިގެން ސަރުކާރުން ވަނީ ފެން ބިލާއި ކަރަންޓު ބިލުން ބައެއް އުނިކޮށްދީފައެވެ. އެގޮތުން ކަރަންޓު ބިލުން 40 ޕަސެންޓު އަދި ފެން ބިލުން 30 ޕަސެންޓު މީގެކުރިން ސަރުކާރުން ކުޑަ ކޮށްދިނެވެ.

ރައީސް ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި ވެސް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!