ހުވާކުރުން ފަސްކުރި ކައުންސިލަރުން މާދަމާ ހުވާކުރަނީ

ހައި ކޯޓުގެ އަމުރުތަކާ ގުޅިގެން، ހުވާކުރުން ފަސްކުރި ހަތަރު ކައުންސިލަރެއް ހުވާކުރުގެ ރަސްމިއްޔާތު މާދަމާ ބާއްވަން ނިންމައިފި އެވެ.

ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ) އިން ބުނީ މާދަމާ ހުވާކުރާނީ ހއ. ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ހަސަނާއި ގއ. ކޮނޑޭ ކައުންސިލްގެ ރައީސް އަހުމަދު އަބްދުލްހަކީމާއި ލ. މާބައިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ވިސާމްގެ އިތުރުން ތ. ކަނޑޫދޫ ކައުންސިލްގެ މެންބަރެއް ކަމަށެވެ..

ލާމަރުކަޒީ ގާނޫނަށް މި ފަހުން ގެނައި އިސްލާހުގައިވާ ގޮތުން އަތޮޅު ކައުންސިލްގައި ހިމެނޭނީ، އެ އަތޮޅެއްގައި ހިމެނޭ ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުންނެވެ. އެހެންވެ، އަތޮޅު ކައުންސިލަރުންގެ ހުވާއަށްފަހު އެ ތިން ރަށުގެ ކައުންސިލްގެ ރައީސުން އަތޮޅު ކައުންސިލްގެ ހުވާ ކުރާނެ އެވެ.

މިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރި ކެންޑިޑޭޓުން ވަނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު ހުވާކޮށްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!