ފޮޓޯ: ގޫގުލް

ކާފިއު ނޯންނަ ވަގުތު ހުރިހާ ޓެކްސީއަކުން ހިދުމަތް ދެވޭނެ: ޕޮލިސް

މާލޭގައި ކާފިއު ނޯންނަ ވަގުތު ހިދުމަތް ދިނުމުގެ ހުއްދަ ހުރިހާ ޓެކްސީއަކަށް ވެސް އޮންޏާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ހަވީރު 4:00 އިން ހެނދުނު 8:00 އަށް މާލެ ސަރަހައްދުގައި ކާފިއު ހިންގަން ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި ކާފިއު ނޯންނަ ގަޑިތަކުގައި ވެސް ބޭރަށް ނުކުމެ އުޅެވޭނީ ހާއްސަ ހުއްދައެއްގެ ދަށުންނެވެ.

ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލަކު “މިހާރު” އަށް ވިދާޅުވީ އުސޫލަށް ކުޑަ ބަދަލެއް ގެނެސްފައިވާ ކަމަށާއި ހެނދުނު 8:00 އިން ހަވީރު 4:00 އަށް ހުރިހާ ޓެކްސީއަކުން ވެސް ހިދުމަތް ދެވޭނެ ކަމަށެވެ.

ނަމަވެސް ކާފިއު ވަގުތު ހިދުމަތް ދެވޭނީ ކޮންމެ ސެންޓަރަކުން ހުއްދަ ދީފައިވާ 10 ޓެކްސީއަށް ކަމަށް ފުލުހުން ބުންޏެވެ.

“ކާފިއު ވަގުތުތަކުގައި ކޮންމެ ސެންޓަރަކުން އެއްފަހަރާ 10 ޓެކްސީއަކަށް ނުކުމެވޭނީ. އެ ނޫން ވަގުތުތަކުގައި ހުރިހާ ޓެކްސީއަކަށް ވެސް ހުއްދަ އޮންނާނެ،” އޮފިޝަލް ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!