ކުރެހުން ތެރިންނަށް މުއިއްޒުގެ ދައުވަތެއް!

މ. ބޮޑުގޭގައި ހުސްކޮށް އޮތް ބިމުގައި ހަދާ ޕާކިން ޒޯންގެ އަރިމަތީ ފަރާތުގައި ރާއްޖޭގެ ރީތިކަން ދައްކައިދޭފަދަ އިސްލާމީ ވަންތަަކަން ރަމްޒުކޮށްދޭ ކުރެހުމެއް ހިލޭ ސާބަހަށް ކުރައިދޭނެ މީހަކު ހޯދަމުންދާ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެކަން ހާމަ ކޮށް ކޮށްފައިވާ ޓްވިޓެއްގައި މުއިއްޒު ވިދާޅުވެފައިވަނީ ބޮޑުގޭގައި ހަދާ ޕާކިން ޒޯންގެ އަރިމަތީ ފަރާތުގައި ރާއްޖޭގެ ރީތިކަން ދައްކައިދޭފަދަ އިސްލާމީ ވަންތަަކަން ރަމްޒުކޮށްދޭ ކުރެހުމެއް ހިލޭ ސާބަހަށް ކުރައިދޭން ބޭނުން ބޭފުޅަކު ހުރިނަމަ ޑީއެމް (ޑައިރެކްޓް މެސެޖް) އެއް ކޮށްލައިދެއްވުމަށް އެދޭ ކަމަށެވެ.

މ. ބޮޑުގޭގައި ޕާކިންގ ޒޯނެއް ހެދުމުގެ މަސައްކަތް ބާރު ސުޕީޑުގައި ދަނީ ކުރިއަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!