މާލޭގައި ކޯވިޑް ވެކްސިން ނުޖަހައި ތިބި ހައިރިސްކް މީހުން ހޯދަން ސިޓީ ކައުންސިލުން އެހީވަނީ

މާލެ ސިޓީގައި ކޯވިޑް ވެކްސިން ނުޖަހައިތިބި ހައިރިސްކް މީހުންނާއި ޢުމުރުން ދުވަސްވީ މީހުން ދެނެގަނެ ވެކްސިން ދިނުމުގައި އެޗްޕީއޭއަށް އެހީވުމަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވާކަމަށް މާލޭގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސިޓީ ކައުންސިލްގެ ފަރާތުން ހެލްތް މިނިސްޓަރ އަޙްމަދު ނަސީމާ ބައްދަލުކުރައްވާފައިވާކަމަށެވެ. އަދި ކޯވިޑް-19ގެ ޙަލަތާ ގުޅިގެން ސިޓީކައުންސިލުން އެހީތެރިކަން ފޯރުކޮށްދެވޭނެ ކަންކަމާ ގުޅޭ މަޝްވަރާތަށް ކުރިއަށްގެންދިޔަކަމަށެވެ.

ޑރ.މުޢިއްޒު ވިދާޅުވީ މިވަގުތަށް އެންމެ މުހިންމު ކަމެއްގެ ގޮތުގައި މިނިސްޓްރީން އެދިވަޑައިގެންފައި ވަނީ ޚާއްސަ ޙާލަތްތަކުގައި ތިބި މީހުންނަށް ވެކްސިން ދިނުމުގައި އެހީތެރިކަން ދިނުމަށްކަމަށެވެ. އެގޮތުން ގޭގޭގަތިބި ހައިރިސްކް މީހުންނާއި އުމުރުން ދުވަސްވީ މީހުން ދެނެގަނެ، އެފަރާތްތަކަށް ވެކްސިން ޖެހުމުގައި މިނިސްޓްރީއާއެކު މަސައްކަތް ފެށުމަށް ނިންމާފައިވާކަމަށް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

“60އަހަރުން މަތީގެ މީހުން އެބަތި، ގުޅައިގެން އެފަދަ މީހުންނަށް ވާސިލް ނުވެވިތިބި. މިގޮތަށް ވެކްސިން ނުދެވިތިބި 2000އަށްވުރެ ގިނަ މީހުން ފާހަގަކުރެވިފަވަނީ. އެހެންވީމަ އެމީހުން ހޯދައި، އެމީހުންނަށް ވާސިލުވުމަށް ކައުންސިލުން އެހީތެރިކަން ދޭނީ އެޗްޕީއޭއަށް.” ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!