ޓޭކްއަވޭ އާއި ޑެލިވަރީ ހިދުމަތް ދެވޭނެ ގަޑިތައް ކަނޑައަޅައިފި

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ އިތުރު ފިޔަވަޅުތައް މާދަމާ ތަންފީޒު ކުރަން ފަށާއިރު މާދަމާއިން ފެށިގެން ޓޭކްއަވޭ އާއި ޑެލިވަރީ ހިދުމަތް ދެވޭނެ ގަޑިތައް ކަނޑައަޅައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ކެއިން ބުއިމުގެ ހިދުމަތް ދޭ ތަންތަނުން ޑެލިވަރީ ހިދުމަތް ދެވޭނީ އެ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހުއްދަ ހޯދުމަށްފަހު ހެނދުނު 6.00 އިން މެންދަމު 12.00 އަށް ކަމަށެވެ. އަދި ޓޭކްއަވޭގެ ހިދުމަތް ދެވޭނީ އެ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހުއްދަ ހޯދުމަށްފަހު ހެނދުނު 8.00 އިން ހަވީރު 4.00 އަށް ކަމަށެވެ.

ކެއިން ބުއިމުގެ ހިދުމަތް ދޭ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ޑެލިވަރީ މުވައްޒަފުންނަށް ހުއްދަ ހޯދުމަށް އެދޭނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ޕޯޓަލް މެދުވެރި ކޮށެވެ. ކޮންމެ ތަނަކަށްވެސް ސަޕޯޓް ސްޓާފްނަށް ހަތަރު ފާސް އަދި ޑެލިވަރީ ސްޓާފުންނަށް ދެ ފާސް ދޫކުރާނެ އެވެ. އިތުރު މުވައްޒަފުންނަށް ހުއްދަ ބޭނުންވާނަމަ އިކޮނޮމިކް މިނިސްޓްރީއަށް ހުށައެޅުން އިތުރަށް ދިރާސާކުރުމަށްފަހު ހުއްދަ ދޫކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އިތުރު ހުއްދައަށް އެދޭ ކޮންމެ ފަރާތަކުންވެސް ޖުމްލަ މުވައްޒަފުންގެ އަދަދު 10 އަށްވުރެ އިތުރުވާނަމަ ދެ ދަންފަޅިއަކަށް ބަހާލައިގެން ޑިއުޓީ ގަޑި ކަނޑައަޅައި އެކްސެލް ޝީޓުގައި ބަޔާން ކުރަންވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މުދާ ވިއްކާ ތަންތަނުން ޑެލިވަރީ ހިދުމަތް ދެވޭނީވެސް މިގަޑިތަކުގައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!