ރައީސުލްޖުމްހޫރިއްޔާ މިރޭ ނޫސްވެރިންނާ ބައްދަލު ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބާއްވަވާ ނޫސްވެރިންގެ ބައްދަލްވުމެއް މިރޭ އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިރޭ 10:00ގައި ރައީސުލްޖުމްހޫރިއާ ނޫސްވެރިންނާއި ބައްދަލުކުރައްވާނެކަމަށެވެ.

މިނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19އާ ގުޅިގެން އެޅުމަށް އެންމެފަހުން ނިންމާފައިވާ ފިޔަވަޅުތަކާއި އުސޫލުތަކަށް ގެންނަން ހަމަޖެހިފައިވާ ބަދަލުތަކުގެ ފަހުގެ ތަފްސީލު ޙިއްސާކުރައްވާނެކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. މިއީ ފަހަކަށް އައީސް ކޯވިޑް-19ގެ ނުރައްކާ ރާއްޖޭގައި ބޮޑުވާން ފެށިފަހުން ރައީސް ޞާލިޙް ނޫސްވެރިންނާއި ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ.

ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިންތިހާއަށް އިތުރު ބަލީގައި ފަރުވާދޭ މީހުންނާއި ނިޔާވާ މީހުންގެ ޢަދަދުވަނި އިތުރުވާން ފަށާފައެވެ. އިއްޔެ އެކަނިވެސް މިބަލީގައި ރާއްޖެއިން 13 މީހުންވަނީ ނިޔާވެފައެވެ.

އަދި މިކަމާއި ގުޅިގެން މާލެ ޞަރަޙައްދާއި އަތޮޅުތަކުގައިވެސް ޚާއްސަ ފިޔަވަޅުތަކެއް އަޅައި ކާފިއު ހިންގުމަށް މިހާރުވަނީ އަންގާފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!