ހައުސްހޯލްޑް ޕާމިޓް މާދަމާ ހެނދުނު ލިބޭނެ: ޕޮލިސް

ހައުސްހޯލްޑް ޕާމިޓަށް މިހާރު އެދިފައިވާ ހުރިހާ ގޭބީސީތަކުގެ ފާސްތައް މާދަމާގެ ހެނދުނު 08:00 ގެ ކުރިން އެސްއެމްއެސް މެދުވެރިކޮށް ލިބޭނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް މާދަމާއިން ފެށިގެން ހަރުކަށި ކުރާނެ އެވެ. އެ ގޮތުން ހަވީރު ހަތަރަކުން ހެނދުނު އަށަކަށް 16 ގަޑިއިރު ކާފިއު ހިންގާނެ އެވެ. އަދި ކާފިއު ނޫން ވަގުތުވެސް ބޭރުގައި އުޅެވޭނީ ފުލުހުން ދޭ ހާއްސަ ހުއްދައެއްގެ ދަށުންނެވެ.

ފުލުހުން މިއަދު ބުނީ ހައުސްހޯލްޑް ޕާމިޓަށް މިހާރު އެދިފައިވާ ހުރިހާ ގޭބީސީތަކުގެ ފާސްތައް މާދަމާގެ ހެނދުނު 08:00 ގެ ކުރިން އެސްއެމްއެސް މެދުވެރިކޮށް ލިބޭނެ ކަމަށެވެ. އަދި މިޕާމިޓަށް އެދޭއިރު ކަރަންޓް މީޓަރު ނަންބަރު ޖެހުމަށް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.

ބައެއް މީހުން ފެންމީޓަރު ނަންބަރު ޖަހާފައި ރިކުއެސްޓް ފޮނުވާކަން ފާހަގަކުރެވޭ ކަމަށާ އެގޮތަށް ފޮނުވާ ރިކުއެސްޓް ރިޖެކްޓް ކުރާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފާސް ދޫކުރާނީ ދެ ވަގުތަކަށް ބަހާލައިގެންނެވެ. އެއީ ހެނދުނު 8 އިން މެންދުރު 12 އަށް އަދި މެންދުރު 12 އިން ހަވީރު 4 އަށެވެ. މި ފާސްނުލާ ބޭރުގައި އުޅުން މަނާވާނެ އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!