އެންމެ ހާލަތު ގޯސް 8 ރަށުގައި ކާފިއު 12 ގަޑިއިރަށް

ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވާ އަށް ރަށުގައި 12 ގަޑިއިރަށް ކާފިއު ހިންގަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.

މާލެ ފިޔަވައި ކޮވިޑްގެ ހާލަތު މި ވަގުތު އެންމެ ގޯހީ، ފ. ފީއައްޔާއި އެ އަތޮޅު ނިލަންދު އާއި އދ. މާމިގިއްޔާއި ގއ. ދާންދު އާއި ގދ. ތިނަދޫ އަދި ލ. ގަމުގެ އިތުރުން އައްޑު އާއި ފުވައްމުލަކުގަ އެވެ.

ޑިރެކްޓާ ޖެނެރަލް އޮޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު މިއަދު ނެރުއްވި އެންގުމެއްގައި ވިދާޅުވީ، ކޮންމެ ދުވަހެއްގެ ހަވީރު 4 އިން ފަތިހު 4 އަށް، އެ ރަށްތަކުގައި އެއްގަމު އުޅަނދު ދުއްވުމާއި މަގުތަކާއި އާއްމު ތަންތަނަށް މީހުން އެއްވެ އުޅުން ހުއްޓާލުމަށެވެ. އެކަމަކު އެ ވަގުތުތަކުގައި ފުލުހުންގެ ހުއްދައާ އެކު ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށް ވިދާޅުވި އެވެ.

ކާފިއުގެ ވަގުުތުގައި މަގުމަތީގައި އުޅެން ހުއްދަ ދީފައިވަނީ، ސިފައިންނާއި ފުލުހުންނާއި ސިއްހީ އިދާރާތަކުގެ މުވައްޒަފުންނާއި އެ މީހުންގެ އުޅަނދުތަކާއި އެމްބިއުލާންސް އަށެވެ. އަދި އެ ރަށްތަކުގެ ޓާސްކްފޯހުގެ ފާސް ލިބިފައިވާ މީހުންނާއި އިމަޖެންސީކޮށް ސިއްހީ ހިދުމަތް ހޯދަން ޖެހޭ މީހުން އެކަމުން އިސްތިސްނާ ވާނެ ކަަމަށް އެންގުމުގައި ވެ އެވެ.

މި ރަށްތަކުގެ އިތުރުން، ކޮވިޑްގެ ބިރުވެރިކަން އޮތުމުން މޮނިޓަރިންއަށް ލާފައިވާ ހުރިހާ ރަށެއްގައި ވެސް ކާފިއު ހިންގުމަށް މިހާރު ވަނީ އަންގާފަ އެވެ. އެ ރަށްތަކުގެ މީހުންނަށް، ރޭގަނޑު 9 އަކުން ފަތިހު 4އަށް ބޭރަށް ނިކުމެ އުޅުން މަނާ ވާނެ އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!