ނަރުސްކަން ކިޔަވާ ކުދިން ވޮލަންޓިއާކުރަން ކޮވިޑް ފެސިލިޓީތަކަށް

ކޮވިޑްގެ ހާލަތު ރާއްޖޭގައި ވަަރަށް ބޮޑަށް ގޯސްވެފައިވާތީއާ އެކު ހިދުމަތް ދޭނެ މީހުންވެސް މަދުވެފައިވާތީވެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގައި ނަރުސްކަން ކިޔަވަމުންދާ ދަރިވަރުން ވޮލަންޓިއާކޮށް މަސައްކަތް ކުރުމަށް ކޮވިޑް ފެސިލިޓީތަކަށް ނުކުމެއްޖެ އެވެ.

އެމްއެންޔޫއިން ބުނީ ހިލޭ ސާބަހަށް ހާއްސަކޮށް ސިއްހީ ދާއިރާގެ ބޭފުޅުން މަސައްކަތް ކުރުމަށް ސަރުކާރުން ގޮވާލުމާ ގުޅިގެން އެކަމަށް އިޖާބަދީ ނަރުސްކަން ކިޔަވަމުންދާ 136 ދަރިވަރަކު ފެސިލިޓީތަކުގައި މިހާރު މަސައްކަތް ކުރަން ފަށާފައިވާ ކަމަށެވެ.

ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފް “އަވަސް” އަށް ވިދާޅުވީ ނަރުހުންގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާތީ ނަރުސްކަން ކިޔަވަމުންދާ ދަރިވަރުން ވޮލަންޓިއަރުންގެ ގޮތުގައި ނެރެދިނުމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން އެދުނު ކަމަށެވެ.

“ނަރުސްކަން ކިޔަވާ ދަރިވަރުން އެންމެ ބޮޑަށް މި ފޮނުވީ އެންމެ ބޮޑަށް ނަރުހުންނަށް ޖެހިފައިވާ ކޮވިޑް ފެސިލިޓީތަކަށް. އެންމެ ގިނައިން މި ފޮނުވީ ހުޅުމާލެ މެޑިކަލް ފެސިިލިޓީއަށް. ދެެން އެ ކުދިންގެ ޓެސްޓުވެސް ކައިރިވެފައި އޮއްވަ މި ފޮނުވީ. ފޮނުވި ކުދިންގެ ޓެސްޓުވެސް މިހާރު އޮންނާނީ ފަސްކޮށްދީފަ” ޝަރީފް ވިދާޅުވި އެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ނަރުސްކަން ކިޔަވާ ދަރިވަރުން ވޮލަންޓިއާކުރަން ނުކުތްއިރު އެ ފެސިލިޓީގެ ހިދުމަތްތައް ވަނީ ބޮއްސުންލައިގެން ގޮސްފަ އެވެ. އެތަނުގެ އެނދުތައް ފުރިފައިވާއިރު ޑޮކްޓަރުންނާއި ނަރުހުން އެކަށީގެންވާ ވަރަކަށް ނެތެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!