މުއްދަތު ހަމަވެފައިވާ ޑްރައިވިންގ ލައިސެންސް ޖުލައި 31ގެ ނިޔަލަށް ބޭނުން ކުރެވޭ ގޮތް ހަދައިފި

މުއްދަތުހަމަވާ އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސްތައް މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ބޭނުންކުރެވޭނެކަން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އަންގައިފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ, މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މުއްދަތު ހަމަވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްތައް ޖުލައިމަހުގެ ނިޔަލަށް ބޭނުން ކުރެވޭނެ ކަމަށެވެ.

ލައިސަންސްގެ މުއްދަތު އިތުރު ކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ނިންމާފައި ވަނީ ރާއްޖޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކޮށް އާންމުންގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި, އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައި ވާތީއެވެ.

މި ނިންމުމަކީ ކޮވިޑް 19 އާލަމީ ވަބާގެ ސަބަބުން ރައްޔިތުންނަށް ލިބޭ ދަތިތަކަށް ލުޔެއް ހޯދައި ދިނުމަށް ނިންމި ނިންމުމެއް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!