އައްޑޫ ސިޓީގައި ކޮންސިއުލޭޓެއް ހަދަން އިންޑިއާ އިން ނިންމައިފި

އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލް އެއް ގާއިމުކުރަން، އިންޑިއާގެ ކެބިނެޓުން ފާސްކޮށްފި އެވެ.

އެ ނިންމުން ފާސްކޮށްފައި ވަނީ އިއްޔެ ބޭއްވި ޔޫނިއަން ކެބިނެޓް ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުން ޗެއާ ކުރެއްވީ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ.

އިންޑިއާގެ މީޑިއާތަކުން ބުނެފައި ވަނީ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސުލޭޓް އޮފީހެއް ހުޅުވުމުން އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ ސިޔާސީ ގުޅުން ހަރުދަނާވުމުގެ އިތުރުން ޑިޕްލޮމެޓިކް ބޭނުންތަކަށް ރާއްޖޭގައި އުޅޭ އިންޑިއާ މީހުންގެ އަދަދު އިތުރު ކުރެވޭނެ ކަމަށެވެ.

އިންޑިއާގެ މިޝަން އެއް އައްޑޫ ސިޓީގައި ގާއިމް ކުރަން ނިންމާފައިވަނީ އެ ގައުމުގެ “ސަބްކާ ސާތް ސަބްކާ ވިކާސް” ނުވަތަ އިންޑިއާ އިން ފުދުންތެރި ގައުމަކަށް ވުމަށާއި، ގައުމުގެ ތަރައްގީ އާއި ކުރިއެރުމަށް ކުރާ މަސައްކަތުގެ ދަށުން ކަމަށް އެގައުމުގެ ސަރުކާރުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން، އިންޑިއާގެ އުފެއްދުންތަކަށް އައު މާރކެޓެއް ލިބި، އިންޑިއާގެ ގިނަ ކުންފުނިތަކަކަށް އެ ކުންފުނިތަކުގެ އުފެއްދުންތަކުގެ އިތުރުން، ފޯރުކޮށްދޭ ޚިދުމަތްތައް އެކްސްޕޯޓު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށާއި، އެހެނިހެން ގިނަ މަންފާތަކަށްވެސް މިކަމުގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށް ލިބިގެންދާނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!