ރާއްޖެއިން ޕާކިސްތާނަށް ދަތުރު ކުރުން މަނާކޮށްފި

ކޮވިޑް-19 ހާލަތު ގޯސް ވުމާއެކު ރާއްޖެ އިން ޕާކިސްތާނަށް ދަތުރު ކުރުން ދިވެހި ސަރުކާރުން މަނާކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ސާކިޔުލާއެއްގައި ބުނީ، ކޮވިޑް-19އާ ގުޅިގެން ޕާކިސްތާނުން ގައުމުތައް ރޭޓުކުރާ ކެޓަގަރީގެ “ސީ” އަށް ރާއްޖެ ވެއްޓިފައިވާ ކަމަށް ޕާކިސްތާނުގެ އެމްބަސީން އެ މިނިސްޓްރީ އަށް އަންގާފައިވާ ކަމަށެވެ. އެހެންވެ، މާދަމާ އިން ފެށިގެން ޕާކިސްތާނުން ރާއްޖެ އަށް މީހުން ދަތުރުކުރުން މަނާވާނެ ކަމަށް ސާކިއުލާގައި ވެ އެވެ.

ރާއްޖެ އިން ޕާކިސްތާނަށް ދަތުރުކުރުން މަނާކުރި ނަމަވެސް،، ރާއްޖޭގައި މިވަގުތު ތިބި ޕާކިސްތާނުގެ މީހުންނަށް އެ ގައުމަށް ދަތުރު ކުރެވޭނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!