އޮޑިޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

ހުސްވެފައިވާ އޮޑިޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން ވިދާޅުވެފައިވާގޮތުގައި އޮޑިޓަރ ޖެނެރަލްކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2021 ޖޫން 6 އަދި 7 ވަނަ ދުވަހު ހެނދުނު 10:00 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. ‌‏އަދި، މި ފޯމު ‌‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

އޮޑިޓާ ޖެނެރަލްގެ މަގާމު ހުސްވީ، ބޮޑު ހިޔާނާތުން މަންފާވި ކަމަށް ތުހުމަތުވުމާ ގުޅިގެން އޮޑިޓާ ޖެނެރަލް ކަމުގައި ހުންނެވި ހަސަން ޒިޔަތު އިސްތިއުފާ ދެއްވުމުންނެވެ. ޒިޔަތު އިސްތިއުފާ ދެއްވީ މި މަހުގެ 12 ވަނަ ދުވަހު އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!