އިހުސާން ފިހާރައިން ވައްކަންކުރި މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

މާލޭ، މާފަންނު އިހުސާން ފިހާރައިން ވައްކަން ކުރި މީހަކު ހޯދަން ފުލުހުން އެމީހާގެ ވީޑިއޯ އާއި ފޮޓޯ އާއްމުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ،  ވީޑިއޯއިން ފެންނަ މީހަކީ 2021 މެއި 14 ވަނަ ދުވަހު 14:35 އެހައިކަންހާއިރު މާފަންނު، މިރިޔާސްމަގު ގައި ހުންނަ އިހުސާން ފިހާރައިން ދަބަހެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ  މީހެއްކަމަށެވެ،

މި މީހާގެ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުން ފުލުހުން އެދިފައިވެއެވެ.

މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 487001 އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!