އިންޓަނެޓްގެ ހެޔޮ އަގު އިއުލާންކުރުން ބުރާސްފަތި ދުވަހު

އިންޓަރނެޓްގެ ޚިދުމަތާ ގުޅޭ ސަރުކާރުގެ އައު ސިޔާސަތުތައް 27 މެއި 2021 ވާ ބުރާސްފަތި ދުވަހު އިއުލާން ކުރާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޓަރނެޓްގެ ޚިދުމަތާ ގުޅޭ ސަރުކާރުގެ އައު ސިޔާސަތުތައް މެއި މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާއިރު އިއުލާން ކުރާނެ ކަމަށެވެ.

އިންޓަނެޓްގެ ހެޔޮ އަގުތައް ޓެކްނޮލޮޖީ މިނިސްޓްރީން ފުރަތަމަ އިއުލާނު ކުރާގޮތަށް ހަމަޖެހިފައި އޮތީ އިއްޔެއެވެ. އެހެންނަމަވެސް އެ ރަސްމިއްޔާތު މިއަދު ހެނދުނު 10:00 އަށް ފަސް ކުރުމަށް ފަހު އަނެއްކާވެސް އެ ރަސްމިއްޔާތު މިވަނީ ފަސްކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!