ހއ. އަތޮޅުން ތ. އަތޮޅަށް ވައިޓް އެލަރޓް ނެރެފި

ހއ. އަތޮޅުން ތ. އަތޮޅަށް ވައިޓް އެލަރޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ބޯކޮށް ވާރެވެހި ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭތީ އަންގާރަ ދުވަހުގެ ހެނދުނު 06:00ން މެންދުރު 12:00ށް ހއ. އަތޮޅުން ޅ. އަތޮޅަށް ވައިޓް އެލަރޓް ނެރެފައިވާ ކަމަށެވެ. އަދި އެ ސަރަހައްދަށް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިހެން ބުނެފައިވާއިރު މޫސުން ގޯސްވާނެތީ މޫސުމަށް ސަމާލުވުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވެ ތިބުމާއި ބޯކޮށް ވާރޭވެހި އުދައިގެ ސަބަބުން ގެއަށް ފެން ނުވަންނާނެހެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގޭގެ ދޮރުމަތީގައި ވެލި ބަސްތާ ޖެހުމަށް ވެސް އެ އޮތޯރިޓީން ވަނީ އެދިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!