މޮނީޓަރިންގެ ހާލަތަށް ގެންނަ ހުރިހާ ރަށެއްގައި ކާފިއު ހިންގަނީ

ކޮވިޑް-19 އާއި ގުޅިގެން މޮނީޓަރިންގެ ހާލަތަށް ގެންނަ ހުރިހާ ރަށެއްގައި ކާފިއު ހިންގުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިއަދު ނެރުނު އެންގުމުގައި ބުނީ ކޮވިޑު ފެތުރުން ހުއްޓުވުމަށްޓަކައި، މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްރަށުގައި ވަކި ގޮތެއް އަންގަންދެން މާދަމާއިން ފެށިގެން ވަރުގަދަ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.ރަށަކުން މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން ކޮންޓެކްޓް ޓްރޭސިން ނިމެންދެން ނުވަތަ އެ ރަށެއްގެ ހާލަތު ބަދަލުވަންދެން އެ ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެ އެވެ. މޮނިޓަރިންގެ ހާލަތަށް ގެނައުމުން މިހާތަނަށް މަނާކުރަމުން ދިޔައީ އެ ރަށަކަށް އެރައި ފޭބުމެވެ. ހާލަތު ގޯސްވާ ރަށްރަށުގައި ހާއްސަ ފިޔަވަޅުތައް އަޅަން އަންގަ އެވެ.

އަދި ޒަރޫރީ ބޭނުންތަކުގައި މެނުވީ ބޭރަށް ނުނިކުތުމަށާއި، ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުމަށާއި، އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުމަށާއި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތަނުގައި އެއްވެއުޅުން ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ.މީގެއިތުރުން ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުމަށާއި، ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހިންގުން ހުއްޓާލުމަށާއި، ފިރާތަކުން ޚިދުމަތް ދޭއިރު ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުމުގެ އިތުރުން ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓާލުމަށް ވަނީ އަންގާފައެވެ. މީގެ ތެރޭގައި ޑެލިވަރީގެ ޚިދުމަތެއް ނުހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!