އަލްޢަމީރު މުޙަންމަދު ނޫރައްދީން އަވަހާރަވެއްޖެ

ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ދިގު މުއްދަތެއްގައި، ޚިދްމަތްތަކެއް ކޮށްދެއްވި ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އަލް އަމީރު މުޙަންމަދު ނޫރައްދީން އަވަހާރަވެއްޖެއެވެ.

އައްސުލްޠާން ޙަސަން ނޫރައްދީންގެ މުޙަންމަދު ނޫރައްދީން އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއްފަހުން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމެންގެންދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މުޙައްމަދު ނޫރައްދީންގެ ސިއްޙީ ހާލުކޮޅު ބޮޑަށް ގޯސްވީ ކޯވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން 2011 ވަނަ އަހަރު ސަރުކާރުން އަރުވާފައިވާ ނޫރައްދީން މެދުކެނޑުމެއް ނެތި 53 އަހަރު ސަރުކާރަށް ހިދުމަތް ކުރައްވާފައިވެ އެވެ.

1954 ޖުލައި 25 ވަނަ ދުވަހު ވުޒާރަތުއް ތިޖާރާ ވައްތަމްވީނުގެ ކާތިބުކަމުން ސަރުކާރުގެ ޚިދްމަތް ފެއްޓެވި ނޫރައްދީން ވަނީ ވުޒާރަތުލް އަވްގާފުގެ ސެކްރެޓަރީ ކަމާއި މަޙްކަމަތުލް ޚާރިޖިއްޔާގެ ސެކްރެޓަރީ ކަމާއި، މީޓިއޮޮރޮލޮޖިކަލް އޮފީހުގެ ވެރިޔާކަމާއި، މުނިސިޕަލްޓީގެ ރައީސްގެ ނައިބު ކަމާއި، މުނިސިޕަލް ކައުންސިލަށް ދާޚިލިއްޔާ އިން ޢައްޔަންކުރި މެންބަރުކަން ހިމެނެއެވެ.ރައްޔިތުންގެ މަޖިލީހުގެ ނ. އަތޮޅުގެ މެންބަރުކަމާއި، ދ. އަތޮޅުގެ މެންބަރުކަމާއި، ގއ. އަތޮޅުގެ މެންބަރުކަން ވެސް އެ މަނިކުފާނު އަދާކުރެއްވި އެވެ.

މީގެ އިތުރުން ވަޒީރުލް އައުޒަމްގެ އޮފީހުގެ ހާއްސަ ވަކީލު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް ޑިވެލޮޕްމަންޓުގެ ހާއްސަ ވަކީލު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވަކީލު ކަމުގެ މަގާމާއި، ޑިޕާޓްމަންޓް އޮފް ފިނޭންސްގެ ވަކީލު ކަމުގެ މަގާމާއި، ނައިބު ކަމުގެ މަގާމު ވެސް އަދާކުރެއްވި އެވެ. މި ވަޒީފާތަކުގެ އިތުރުން މިނިސްޓަ އޮފް ހޯމްއެފެއާޒްގެ ނައިބު ކަމުގެ މަގާމާއި، މިނިސްޓަ އޮފް އެޑިޔުކޭޝަންގެ ނައިބު ކަމުގެ މަގާމާއި، ޑެޕިއުޓީ މިނިސްޓަ އޮފް ސްޓޭޓް ފޮ ރިލިޖަސް އެފެއާޒް ކަމުގެ މަގާމު ވެސް އަދާކުރެއްވި އެވެ.

ޚަބަރު ނަގާފައިވަނީ

  1. ކޮވިޑް ޖެހިފަވަާ މީހުން ވަޅުލަނީ ހުޅުމާލޭ ގަ، ކޮބާ އިންސާފަކީ، ކައްވަޅަށް ނުގޮސްވާނެ އެއްގޮތެއްވެސް ކިތހަންމެ ބަާރުހުއްޓަސް ނެހެދޭނެ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!