ޝިފާގެ އިސްތަށިގަނޑަށް ބޮޑު ބަދަލެއް!

ދިވެހި ފިލްމު އިންޑަސްޓްރީއަށް އަލަށް ނުކުމެގެން އުޅޭ ޒުވާން ބަތަލާ މަރިޔަމް ޝިފާގެ އިސްތަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްފިއެވެ.

ޝިފާ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފައިވާ ބޫމަރެންގް ވީޑިއޯކޮޅުން ފެންނަގޮތުގައި، ކުރިން އޮތް ދިގު އިސްތަށިގަނޑު މިހާރު އޮތީ ކޮނޑަށްވުރެ މައްޗަށް ކޮށާލައިފައެވެ. މިއީ ފިލްމަކަށް ގެނައި ބަދަލެއް ކަމެއް، ނޫނީ އެހެން ބަދަލެއް ކަމަށް އަދި ހާމައެއް ނުކުރެއެވެ.

ޓިކްޓޮކުން ބޮޑު މަޝްހޫރުކަމެއް ހޯދި ޝިފާގެ ކުރިން އޮތް ދިގު އިސްތަށިގަނޑަކީ، އޭނާގެ “ސިގްނެޗާ ލުކް”ގެ ގޮތުގައި ކުރިން ފޭނުން ވަނީ ބަލައިގަނެފައެވެ. އަދި އެ އިސްތަށިގަނޑަށް ގިނަ ބައެއްގެ ތަޢުރީފު ލިބިފައި ވެއެވެ. މިހާރު އުފެދޭ ސުވާލަކީ ކުއްލިއަކަށް ބޯ ކޮށައިލުމުން، ފޭނުންނަށް ޝިފާގެ އާ ލުކް ކަމުދާނެ ހެއްޔެވެ؟

ޝިފާ މިހާތަނަށް ކޮށްފައިވާ ފިލްމީ މަސައްކަތްތަކަށް ބަލާލާއިރު، “40+” އަދި “ދެވަންސޫރަ” ހިމެނެއެވެ. މީގެ އިތުރުން ބައިސްކޯފުގެ “ހާސާ” އަދި “ހުވާކޮށްފައި ބުނަން” ގައި ވެސް ޝިފާ ފެނިގެންދިޔައެވެ. މިފަހުން ޝިފާއަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނީ، ރާއްޖޭޓީވީ އިން ގެނެސްދިން ސަވައިވަލް ޕްރޮގްރާމް “ސެލެބްރިޓީ ރޭސް” ގައި ބައިވެރިވެގެން، އެ ޝޯގެ އެހެން ބައިވެރިންތަކަކާ ކުރި ޒުވާބަކާ ގުޅިގެންނެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!