ރާއްޖެއިން މިއަދު ނިޔާވި މީހުންގެ އަދަދު 11 އަށް

ކޯވިޑް-19އަށް ފަރުވާދެމުންދަނިކޮށް އައްޑޫ ސިޓީގައި މީހަކު ނިޔާވެއްޖެއެވެ. މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 140ވަނަ މީހާއެވެ. އަދި މިއަދުގެ މިހާތަނަށް ނިޔާވި 11ވަނަ މީހާއެވެ.

އައްޑޫ ކޯވިޑް މެޑިކަލް ފެސިލިޓީއިން ވިދާޅުވީ މިރޭ 10:15 ހާއިރު އެފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައިވާކަމަށެވެ. މިއީ އައްޑޫގައި މިބަލިޖެހިގެން މިހާތަނަށް ނިޔާވި ފުރަތަމަ މީހާއެވެ.

ކޯވިޑް-19އަށް ފަރުވާދެމުންދަނިކޮށް މިއަދު ދެން ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 9 މީހަކާއި ޅ.ހިންނަވަރު ސިއްޙީ މަރުކަޒްގައި ފަރުވާދެމުންދިޔަ މީހެކެވެ.

މިބަލީގައި މިހާތަނަށް 140 މީހަކު ރާއްޖެއިން ނިޔާވެފައވާއިރު މީގެތެރޭގައި ހިމެނެނީ 124 ދިވެހިންނާއި 16 ބިދޭސީންނެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!