ޕްރިޔަންކާ ބުނަނީ ނިކް އަކީ ހިތްވަރުގަދަ މީހެއް ކަމަށް، ސަބަބު މިއޮތީ!

ދާދިފަހުން ޝޫޓިންގ އެއްގައި އުޅެނިކޮށް އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސްގެ މޭކަށިގަނޑަށް ގެއްލުންތަކެއް ވެއްޖެއެވެ.

ޝޯއެއްގެ ޝޫޓިންގ ގައި އުޅެނިކޮށް ލިބުނު އަނިޔާއަކަށް ފަރުވާދިނުމަށް ނިކް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މީގެ 3 ދުވަސް ކުރިންނެވެ. އެހެންނަމަވެސް އެ އަނިޔާއަށް ފަރުވާ ހޯދުމަށްފަހު ނިކް ވަނީ އެނބުރި މަސައްކަތަށް ނުކުމެފައެވެ. އެގޮތުން މިއަދު އޮތް ބިލިބޯޑް މިއުޒިކް އެވޯޑްސް (ބީބީއެމްއޭ) ގައި ނިކް ވަނީ އޭނާގެ އަންހެނުން ޕްރިޔަންކާ ޗޯޕްރާއާއެކީ ބައިވެރިވެފައެވެ. މި އެވޯޑު ހަފްލާ ހޯސްޓުކޮށްދިނީ ނިކް އެވެ. ބީބީއެމްގެ ރެޑް ކާޕެޓް މަތިން ފެނުނު މި ދެތަރިންގެ ލުކް ވަނީ ގިނަ ބަޔަކަށް ކަމުގޮސްފައެވެ.

އެއާއެކު، ބީބީއެމްއޭގެ ކެމެރާގެ ފުރަގަހުގައި ނިކް އާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކުރަމުން ޕްރިޔަންކާ ވަނީ ނިކްގެ ހިތްވަރަށް ސާބަސް ދީފައެވެ. ފިރިމީހާގެ ގައިގައި ލޯބިން ބައްދާލާފައި އިން އެ ފޮޓޯ އިންސްޓަގްރާމަށް ދޫކޮށްލަމުން ކެޕްޝަންގައި ޕްރިޔަންކާ ބުނީ، ބިންދައިގެން ގޮސްފައިވާ މޭކަށިގަނޑާއެކު ވެސް ނިކްގެ ހިތްވަރަށް ބަދަލު ނާންނަ ކަމަށެވެ. ހަމައެހެންމެ، ނިކް ކުރާ ކޮންމެ ކަމަކުން ޕްރިޔަންކާއަށް ހިތްވަރު ލިބޭ ކަމަށާއި، ވަރަށް ލޯބިވާ ކަމުގައި ލިޔެފައިވެއެވެ.

ޕްރިޔަންކާގެ އެ ޕޯސްޓަށް ވަނީ 3 މިލިއަނަށްވުރެ ގިނަ ލައިކު ލިބިފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!