ކޮވިޑުގައި މިއަދުގެ 10 ވަނަ މަރާއެކު ޖުމްލަ 139 އަށް އަރައިފި

ކޮވިޑް19އަށް ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި ނިޔާވެފައިވަނީ އުމުރުން 86 އަހަރުގެ، ޖަޕާނަށް ނިސްބަތްވާ މީހެކެވެ.

މިއާއެކު މި ބަލީގައި މިއަދު ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 10އަށް އަރާފަ އެވެ. މިއީ އެއް ދުވަހެއްގެ ތެރޭގައި ކޮވިޑްގައި މިހާ ގިނަ މީހުން މަރުވި ފުރަތަމަ ދުވަހެވެ. އަދި މި މަހުގެ ތެރޭގައި މަރުވި މީހުންގެ އަދަދު 66އަށް އަރާފައިވާއިރު، މި ބަލީގައި މިހާތަނަށް މަރުވި މީހުންގެ ޖުމުލަ އަދަދަކީ 139 އެވެ.

ކޮވިޑް ޖެހިގެން 137 މީހުން މަރުވެފައިވާއިރު، މިވަގުތު އެކްޓިވް ކޭސްތަކުގެ ޖުމުލަ އަދަދަކީ 23،464 އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!