ވަރލްޑް ހެލްތު އެސެމްބްލީގައި ހެލްތު މިނިސްޓަރ މާދަމާ ތަޤުރީރުކުރައްވަނީ

ސިއްޙީ ދާއިރާއިން ދުނިޔޭގައި ބާއްވާ އެންމެބޮޑު ބައްދަލުވުންކަމަށްވާ، ވަރލްޑް ހެލްތު އެސެމްބްލީގެ 74 ވަނަ ބައްދަލުވުމުގައި ރާއްޖޭގެ ހެލްތު މިނިސްޓަރ މާދަމާ ތަޤުރީރުކުރައްވާނެއެވެ.

މިހާރު ފެށިގެން ކުރިއަށްދާ މިއެސެމްބްލީ، ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މިފަހަރުވެސް ބާއްވަނީ އޮންލަންކޮށެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ)އިން އިންތިޒާމުކޮށްގެން ބާއްވާ މި އެސެމްބްލީގައި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ސިއްޙީ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ. މިބައްދަލުވުމުގައި މިއަހަރުވެސް 194 މެމްބަރު ޤައުމަކުން ބައިވެރިވެއެވެ. މިއަހަރުގެ ބައްދަލުވުމުގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ މިހާރު ހުރިހާ ޤައުމަކަށްވެސްކުރިމަތިވެފައިވާ ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމާއި އެކަމުގައި ކުރިމަތިވަމުންދާ ކަންކަމާ ގުޅޭގޮތުންނެވެ. އަދި މިފަދަ އެހެން ޢާލަމީ ވަބާއެއް ދުނިޔެއަށް ކުރިމަތިވިޔަނުދީ ރައްކާތެރިވާނެ ގޮތްތަކާމެދުގައެވެ. އެގޮތުން މިއަހަރުގެ ބައްދަލުވުމުގައި މައިގަނޑު މައުޟޫއަކީ “އެންޑިންގ ދިސް ޕެންޑަމިކް، ޕްރިވެންޓިން ދަ ނެކްސްޓް، ބިލްޑިންގ ޓުގެދަރ އަ ހެލްތިއަރ ސޭފަރ ވަރލްޑް.” މިއެވެ.

މިބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ހެލްތު މިނިސްޓްރީގެ އިސްވެރިންނާއި ޖެނީވާގައި ހުންނަ ދިވެހި މިޝަންގެ ދާއިމީ މަންދޫބު ޑރ.ޢާސިމް އަޙްމަދާއި އެމިޝަންގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

މިމަހުގެ 24ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ކުރިއަށްގެންދާ މިބައްދަލުވުމުގައި ސިއްޙީ ދާއިރާއިން އިސްކަން ދޭންޖެހޭ ކަންކަމާއި މިހާރު ކުރިމަތިވެފައިވާ ދަތިތަކާއި ޑަބްލިއުއެޗްއޯގެ އިދާރީ ހިންގުމާއި އަދި ބަޖެޓާ ގުޅުންހުރިކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!