މާލެ އާއި ހުޅުމާލެ ދެމެދު ދަތުރުކުރުން މަނާކޮށްފި

މާލެ ސަރަހައްދުގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާ އާ ހާއްސަ ފިޔަވަޅުތަކުގެ ދަށުން މާލެ އާއި ހުޅުމާލެ އާއި ދެމެދު ދަތުރުކުރުން މަނާ ކޮށްފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވީ 26 ވަނަ ދުވަހުން ފެށިގެން ކާފިއު ގަޑި ހަވީރު 4:00 އިން ހެނދުނު 8:00 އަށް ބަދަކުކޮށްފައިވާ ކަމަށެވެ. އަދި ކާފިއު ނޫން ގަޑިތަކުގައި ވެސް ބޭރުގައި އުޅުމަށް ކޮންމެ ގޭބިސީއަކަށް ދެ ފާސް ދޭނެ ކަމަށެވެ. 

 ކާފިއު ނޫން ވަގުތު ބޭރަށް ނުކުތުމުގައި ވެސް ފިޔަވަޅުތައް ވަނީ ހަރުކަށި ކޮށްފައެވެ. އެ ގޮތުން ފާހަކާއެކު މެނުވީ ބޭރަށް ނުނިކުމެވޭ އިރު ކޮންމެ ގޭބިސީއަކަށް 2 ފާސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފާހަށް އެދި މިރޭ 8 އިން ފެށިގެން ހުށަހެޅޭނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.

 ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް އިތުރަށް ތަފްސީލް ކޮށްދެއްވަމުން ވިދާޅުވީ، މާލެ ސަރަހައްދު ދެ ޒޯނަކަށް ބަހާލާފައި ވާއިރު ހުޅުމާލެއަކީ އެއް ޒޯން ކަމަށާއި މާލެއާއި ވިލިމާލެއަކީ އެއް ޒޯޏް ކަމަށެވެ. ފާސް އޮވެގެން ކާފިއު ނޫން ވަގުތު ޒަރޫރީ ބޭނުމަކަށް ނުކުތް ކަމުގައި ވިޔަސް އެއްޒޯނުން އަނެއް ޒޯނަށް ނުދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ނުދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލެ އާއި ވިލިމާލެއަކީ އެއް ޒޯނަކަށް ކަމުގައި ހަމަޖައްސާފައި ވާތީ ވިލިމާލެއަށް ދޫކުރާ ފާހާ އެކު މާލެއަށް ދަތުރު ކުރެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!