މިނިސްޓަރ އޮފް ހެލްތުގެ ނައިބުގެ މަޤާމަށް ޝަމާޢު ޢައްޔަނުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ހެލްތުގެ ނައިބުގެ މަޤާމަށް މ. ސަނީކޯސްޓް ޝަމާޢު ޝަރީފް މިއަދު ޢައްޔަންް ކުރައްވައިފިއެވެ.

ޝަމާޢު އަކީ ސްރީލަންކާގެ އެމެރިކަން ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންއިން ޑިޕްލޮމާއިން ސައިކޮލޮޖީއާއި، ސްރީލަންކާގެ އެމެރިކަން ނެޝަނަލް ކޮލެޖްއިން އެޑްވާންސް ޑިޕްލޮމާ އިން ކައުންސިލިންގް ސައިކޮލޮޖީ ޙާޞިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

މި މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން އެންމެ ފަހުން ޝަމާޢު އަދާކުރައްވާފައިވަނީ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރކަމުގެ މަޤާމެވެ. މީގެ އިތުރުން ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ ބޯޑު މެންބަރުކަމާއި، މާލެ ސިޓީގެ ކައުންސިލް މެންބަރުކަން ވެސް ޝަމާޢު ވަނީ އަދާކުރައްވާފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!