ކާފިއު ނޫން ގަޑިތަކުގައި ބޭރުގައި އުޅުމަށް ކޮންމެ ގޭބިސީއަކަށް ފާސް ދޭން ނިންމައިފި

މާލޭގައި ކާފިއު ހިންގާ ގަޑި ހަވީރު4:00 ން ހެނދުނު8:00 އަށް ބަދަލުކޮށް ކާފިއު ނޫން ގަޑިތަކުގައި ބޭރުގައި އުޅުމަށް ކޮންމެ ގޭބިސީއަކަށް ފާސް ދޭން ނިންމައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވީ 26 ވަނަ ދުވަހުން ފެށިގެން ކާފިއު ގަޑި ހަވީރު 4:00 އިން ހެނދުނު 8:00 އަށް ބަދަކުކޮށްފައިވާ ކަމަށެވެ. އަދި ކާފިއު ނޫން ގަޑިތަކުގައި ވެސް ބޭރުގައި އުޅުމަށް ކޮންމެ ގޭބިސީއަކަށް ދެ ފާސް ދޭނެ ކަމަށެވެ.  މި ހުއްދަ ދޫކުރާނީ ކަރަންޓް މީޓަރަށް ބަލައިގެންކަމަށެވެ. ކޮންމެ ޕާމިޓެއްވެސް ދޫކުރަނީ 4 ގަޑިއިރަށް ކަމަށާއި އެއްބައި ޕާމިޓް ދޫކުރާނީ ހެނދުނު 8 އިން މެންދުރު 12 އަށް ކަމަށާއި އަނެއްބައި ޕާމިޓް ބދޫކުރާނީ މެންދުރު 12 އިން ހަވީރު 4 އަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ. ދެ ދަންފަޅިއަށް ބަހާލައިގެން ޕާމިޓް ދޫކުރަނީ މަގުތަކަށް ނުކުމެ އުޅޭ މީހުން މަދު ކުރުމަށެވެ.

 މީގެ އިތުރުން ކާފިއުގެ ވަގުތުތަކުގައި ޓޭކްއަވޭ ހެދުމާއި ފިހާރަތަކަށް ވަދެ ޚިދުމަތް ހޯދުން ވަނީ މަނާކޮށްފައެވެ. އެވަގުތުގައި އެއިން ޚިދުމަތެއް ހޯދައިފިނަމަ މަދުވެގެން 5،000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!