މާލެ ސަރަހައްދުގެ ކާފިއު ގަޑި ހަވީރު 4ން ހެނދުނު 8 އަށް ދިގު ދަންމާލައިފި

މާލެ ސަރަހައްދުގެ ކާފިއު ހަވީރު 4ން ހެނދުނު 8 އަށް ދިގު ދަންމާލުމަށް އެޗްޕީއޭ އިން ނިންމައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވީ 26 ވަނަ ދުވަހުން ފެށިގެން ކާފިއު ގަޑި ހަވީރު 4:00 އިން ހެނދުނު 8:00 އަށް ބަދަކުކޮށްފައިވާ ކަމަށެވެ. އަދި ކާފިއު ނޫން ގަޑިތަކުގައި ވެސް ބޭރުގައި އުޅުމަށް ކޮންމެ ގޭބިސީއަކަށް ދެ ފާސް ދޭނެ ކަމަށެވެ. ހެނދުނު 8:00 އިން ހަވީރު 4:00 އަށް ވެސް ބޭރުގައި އުޅެވޭނީ އެގެޔަކަށް ދޫކުރާ ފާސް ހިފައިގެން ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް އަޒީޒު ވިދާޅުވީ އެ ޕާސްއާއެކު ބޭރަށް ނުކުންނަ ވަގުތުތަކުގައި މާލެ ސަރަހައްދު އޮންނަނީ ދެ ޒޯނަކަށް ބަހާލާފައި ކަމަށެވެ. އެއީ ހުޅުމާލެ އަކީ ވަކި ޒޯނެއްގެ ގޮތުގައި ކަަމަށާއި، މާލެ އާއި ވިލިމާލެ އަކީ ވަކި ޒޯނެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މީގެ އިތުރުން ފިހާރަތަކާއި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޑެލިވަރީ ކުރެވޭ ގަޑި ހެނދުނު 6:00 އިން މެންދަމު 12:00 އަށް ބަދަލުކޮށްފައިވާ ކަމަށާއި ކާފިއު ގަޑީގައި ތަންތަނަށް ވަދެ ވިޔަފާރިކުރާ ނަމަ 5000 ރުފިޔާއިން ޖޫރިމަނާކުރާނެ ކަމަށް ވިދާޅުވި އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!