ކޮވިޑްގައި މިއަދުގެ 7 ވަނަ މަރު

މިއަދު ހަތް ވަނަ މީހަކު ކޮވިޑް-19 ގައި މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ މިއަދު މެންދުރު 02:25 ހާއިރު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހަކު މަރުވެފައިވާ ކަމަށެވެ.

މަރުވީ އުމުރުން 78 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއަދު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ ފަސް މީހަކު ވަނީ މަރުވެފައެވެ. އަދި ރޭ 02:02 ހާއިރު އައިޖީއެމްއެޗް އީއާރަށް ގެނެވުނު މީހަކުވެސް ވަނީ މަރުވެފައިވެއެވެ. އެމީހާވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.  

މިއަދު މެންދުރު ޅ. ހިންނަވަރުން ވެސް 87 އަހަރުގެ ފިރިހެނެއް ވަނީ ކޮވިޑްގައި މަރުވެފައެވެ.

މިއީ މިއަދު ކޮވިޑްގައި މަރުވި ހަތް ވަނަ މީހާއެވެ. 

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!