ކޮނޑޭ ކައުންސިލްގެ ނަތީީޖާއަށް އެއްވެސް ބަދަލެއް ނާދޭ: ޝަރީފް

ގއ. ކޮނޑޭ ކައުންސިލް ރައީސްގެ ނަތީޖާ ބަދަލުނުވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ކޮނޑޭ ކައުންސިލް ރައީސްގެ ވޯޓު އަލުން ގުނައިފައި ވަނީ ހައިކޯޓުން ކުރި އަމުރަކާ ގުޅިގެންނެވެ. ކައުންސިލް ރައީސްގެ ވޯޓު ބާތިލުކޮށްދިނުމަށް ނުވަތަ އަލުން ގުނައިދިނުމަށް އިންތިހާބީ ޝަކުވާ ހުށަހަޅާފައިވަނީ ރައީސް ކަމަށް ކުރިމަތިލި ކެންޑިޑޭޓް ޝުއައިބު މުހައްމަދު ދީދީ އެވެ.

މައްސަލަ ހުށަހަޅަމުން އޭނާ ވަނީ ދެ ކަމެއް ފާހަގަކޮށްފަ އެވެ. އެއީ ވޯޓު ފޮށީގެ ވެރިޔާ އިންތިހާބާ ބެހޭ ގަވާއިދާ ހިލާފަށް އަމަލުކޮށްފައިވުމާއި، އެރަށުގައި ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ބުނެ އެވެ.

ހައިކޯޓުން މައްސަލަ ބެލުމަށްފަހު ކުރި ހުކުމުގައި ޝުއައިބު ފާހަގަކޮށްފައިވާ ކަންތައްތަކަކީ އިންތިހާބުގެ ނަތީޖާއަށް އަސަރުކޮށްފާނެ ކަންތައްތަކެއް ކަމަށް ގަބޫލުކުރެވޭތީ އަލުން ކައުންސިލް ރައީސްގެ ވޯޓު ގުނަން އަމުރު ކުރާ ކަމަށެވެ.

ޝަރީފް ވިދާޅުވީ ހައިކޯޓުގެ ހުކުމާއި ގުޅިގެން ކޮނޑޭ އިން ވޯޓުލީ ތިން ފޮށި ގުނައިގެން އީސީއިން އިއުލާނުކުރި ނަތީޖާއަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!