މަޖިލީހުގެ ޖަލްސާތައް އޮންލައިކޮށް ކުރިއަށް ގެންދަން ނިންމައިފި

މާދަމާއިން ފެށިގެން މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިއަށްގެންދާ ގޮތަށް ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ ހެލްތް މިނިސްޓަރ އަހްމަދު ނަސީމާ ވެސް މަޝްވަރާކުރުމަށް ފަހު ކަމަށް މަޖިލީހުން މައުލޫމާތު ދެއެވެ. އެހެންކަމުން އަންގާރަ ދުވަހުން ފެށިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދާނީ އޮންލައިން ކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިޔުޝާ ވިދާޅުވީ، މިގޮތަށް ނިންމީ މިހާރު ކޮވިޑްގެ ކޭސްތައް އިތުރުވަމުން އަންނާތީ ކަމަށެވެ. އެގޮތުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ޖަލްސާތައް ގެންދިޔުމަށްޓަކައި އޮންލައިކޮށް ޖަލްސާތައް ކުރިއަށް ގެންދަން މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ.

ޕެންޑަމިކްގެ ކުރީކޮޅު ވެސް މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދިޔައެވެ.

މާލެ ސަރަހައްދުގެ ކޭސްތައް އިތުރުވަމުން އަންނާތީވެ މާލެ ސަރަހައްދުގައ މިހާރުވަނީ ޚާއްސަ ފިޔަވަޅުތަކެއް ވެސް އަޅާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!