ސަލާމަތީ ސަބަބުތަކަށް މުލިއާގެ ވަށައިގެންވާ ސަރަހައްދުން ކާނުތައް މަދުކުރަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ ރަސްމީ ގެކޮޅު މުލީއާގޭގެ ވަށައިގެންވާ ސަރަހައްދުގައި މިހާރު ބަހައްޓާފައިވާ ކާނުތައް މަދުކުރުމުގެ މަސައްކަތް އެމްއެންޑީއެފްގެ އެންގުމަށް މާލޭ ސިޓީ ކައުންސިލުން މިރޭ ފަށައިފި އެވެ.

މާފަންނު މެދު ދާއިރާގެ ޕީއެންސީގެ ކައުންސިލަރު އަހުމަދު ނަރީޝް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ މަސައްކަތް ބާރު ސްޕީޑެއްގައި ސިޓީ ކައުންސިލުން ކުރިއަށް ގެންދާ ކަމަށެވެ.

“ސެކިއުރިޓީއާ ގުޅޭ ކަންކަމަށް ވާތީ އަޅުގަނޑުމެން މާ ގިނަ ވާހަކަތަކެއް މިކަމުގައި ދައްކާކަށް ނެތިން. ބޮން ގޮއްވައިލުމާ ގުޅިގެން ސެކިއުރިޓީ ހަރުދަނާ ކުރަން އެމްއެންޑީއެފުން އެދޭ ކަންކަން އަޅުގަނޑުމެން މިދަނީ ކޮށްދެމުން. އެމްއެންޑީއެފަށް އެއްބާރުލުން ދެމުން،” މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ކައުންސިލަރުކަމާ ހަވާލުވި، އިދިކޮޅު ޕީއެންސީގެ ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މިމަހުގެ 6 ވަނަދުވަހުގެ ރޭ ދިން ހަމަލާއާއި ގުޅިގެން ސަލާމަތީ ބާރުތަކުން ވަނީ އެލާޓް ލެވެލްގެ މިންވަރު މަތިކޮށްފައެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކާއި ވެރިރަށް މާލޭގެ މުހިއްމު ތަންތަނުގައި ހަތިޔާރާއިއެކު ސިފައިން އަންނަނީ ފޯރިމަރަމުންނެވެ.

ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު ހުންނަ ނީލޯފަރުމަގުގައި ސައިކަލެއްގެ ބޮމެއް ހަރުކޮށް އެއްޗެއް ގޮއްވާލާފައިވަނީ އެމަގުގައި ފާކުނުކުރެވޭ ގޮތަށް ހަދާދިނުމަށް މާލޭ ސިޓީ ކައުންސިލްގައި އެދިފައިވަނިކޮށް ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. އަދި މިކަން ސިޓީ ކައުންސިލުން ހައުސިން މިނިސްޓްރީއަށް އެންގިކަމަށް އެކައުންސިލުން ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއަށްފަހު ސިޓީ ކައުންސިލުންވަނީ ނީލޯފަރުމަގާއި އެ މަގާއި މަޖީދީމަގު ގުޅޭ ސަރަހައްދުގައި ޕާކުނުކުރެވޭ ގޮތަށް ހަދާ ކުރިން ސިޓީ ކައުންސިލް ހިންގި އިމާރާތް ބިއްލޫރިޖެހި ގޭގެ ތެރޭގައި ޕާކިން ޒޯންތަކެއް ހަދާ އާއްމުކޮށް ހުޅުވާލާފައެވެ.

ދައުލަތުގެ ދެ ބާރުކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ޚާއްޞަކުރެވިފައިވާ ރަސްމީ ގެކޮޅެއް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ނިންމަވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!