ރާއްޖެއާއި ޔޫ.އޭ.އީއާ ދެމެދު ޓްރެވަލް ކޮރިޑޯއެއް ގާއިމްކުރުމާއި ގުޅޭގޮތުން މަޝްވަރާކުރަނީ

ރާއްޖެއާއި ޔޫއޭއީއާ ދެމެދު ޓްރެވަލް ކޮރިޑޯއެއް ގާއިމްކުރުމާއި ގުޅޭ މަޝްވަރާތައް ކުރެވެމުންދާކަމަށް ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައިމިނަތު ޝަބާނާ ވިދާޅުވެއްޖެއެވެ.

ޓްރެވަލް ކޮރިޑޯއަކާއެކު ރާއްޖެއާއި ޔޫއޭއީއާ ދެމެދު ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތައް ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރާކަށް ނުޖެހޭނެއެވެ.

ދުބާއީގައި މިމަހުގެ 16 އިން 19 އަށް ބޭއްވި އެރޭބިއަން ޓްރެވަލް މާރކެޓް، އޭޓީއެމް ފެއަރގެ ތެރެއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަފީރު ޝަބާނާ ވަނީ ޓްރެވަލް ކޮރިޑޯ އާއި ގުޅޭ މަޝްވަރާތައް ދެޤައުމު ދެމެދު ކުރިއަށްދާކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް ޓްރެވަލް ކޮރިޑޯއެއް ޤާއިމްކުރެވޭނެ ދުވަހެއް ހާމަކޮށްފައެއް ނުވެއެވެ.

ޔޫއޭއީއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމުތަކުގެތެރޭގައި ހިމެނޭ ޤައުމެކެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!