ބޮމުގެ ހަމަލާއަށްފަހު ޓެރަރިޒަމާ ގުޅޭ 14 މީހަކު ހައްޔަރު ކޮށްފައިވޭ: މިނިސްޓަރ

ބޮމުގެ ހަމަލާއަށްފަހު ޓެރަރިޒަމާ ގުޅޭ 14 މީހަކު ހައްޔަރު ކޮށްފައިވާކަމަށް ހޯމް މިނިސްޓަރ ޝެއިޙް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާގެ ތަހުޤީޤަށް ފުލުހުންގެ ތެރެއިން 450 އެއްހާ އޮފިސަރުން ޚާއްސަކޮށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ މައްސަލައިގައި މިހާތަނަށް ގިނަ ކުރިއެރުންތަކެއް ހޯދިފައިވާއިރު، ސީދާ މައްސަލައާ ގުޅުންހުރި 4 މީހަކާއި، ޓެރަރިޒަމްގެ ޙަމަލާތަކާއި ގުޅޭ 14 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާއަށްފަހު އެމަނިކުފާނު އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އެމަނިކުފާނުގެ ޙާލުކޮޅު ރަނގަޅުކަމަށް ވިދާޅުވީ ކީއްވެތޯ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަތީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، އޭރު އެހެން ފާހަގަ ކުރެއްވީ ޑޮކްޓަރުންނާ ޙަވާލާދީ އާއިލާއިން ލިބެމުންދިޔަ މައުލޫމާތުތައް ކަމަށެވެ. އެކަމާ ކަންބޮޑުވުން ފާހަގަ ކުރައްވައި ނައިބްރައީސް އީވާ ވަނީ އެ ވާހަކައާ މެދު ހިތާމަ ކުރައްވާކަމަށް ވިދާޅުވެފައެވެ.

އީވާ ވިދާޅުވީ، ޑޮކްޓަރުން ދެއްވި ހުރިހާ މައުލޫމާތެއް އަޑުއައްސަވަން ޚުދު އެތަނުގައި ހުންނެވި ކަމަށާއި، ރައީސް ނަޝީދުގެ ޙާލުކޮޅު ރަނގަޅުކަމަށް އެއްވެސް ޙާލެއްގައި ޑޮކްޓަރުން ވެސް އަދި އާއިލާ ވެސް ފާހަގަކޮށްފައި ނުވާނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އޭރު ދެންނެވީ ރައީސް ނަޝީދުގެ ފުރާނަ ގެއްލޭފަދަ ޙަމަލާއެއް ލިބިވަޑައިގެންފައި ނުވާކަމަށް ކަން މިނިސްޓަރ އޭގެ ރައްދުގައި ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާގެ ތަހުޤީޤާ ގުޅޭ މައުލޫމާތުތައް މަޖިލީހާއި ކަމާބެހޭ ފަރާތްތަކަށް ވެސް ހިއްސާ ކުރައްވަމުން ގެންދަވާ ކަމަށެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!