މިއަދުގެ 5 ވަނަ މަރު: 85 އަހަރުގެ ފިރިހެނެއް

ކޮވިޑް ޖެހިގެން ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ހެނދުނު 07:44ގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 85 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައި ވާކަމަށެވެ. މިއީ ދިވެހި ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި 134 މީހާއެވެ.

މިއީ މިއަދު ނިޔާވި ފަސް ވަނަ މީހާއެވެ. މިއަދު ފުރަތަމަ ނިޔާވެފައިވަނީ އައިޖީއެމްއެޗްގެ އީއާރަށް ގެނެވުނު 81 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ ރޭ ދަންވަރު 02:02 ހާއިރުއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!