ބްލެކް ފަންގަސްއަށް ޝައްކު ކުރެވުނު މީހާ ނެގެޓިވް

މިޔުކޯމައިކޯސިސް ނުވަތަ ބްލެކް ފަންގަސް އަށް ޝައްކު ކުރެވިގެން ރާއްޖެއިން ޓެސްޓް ހެދި މީހާގެ ނަތީޖާ ނެގެޓިވް ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޝަން ސެންޓަރުން ބުނެފިއެވެ.

މިޔުކޯމައިކޯސިސް އަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިން ފެނިގެން އެ މީހާގެ ޓެސްޓުތައް ހެދީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އަދި އޭނާ އަކީ ކޮވިޑް ޖެހުމަށްފަހު ބަލިން ރަނޅުވި މީހެއް ކަމަށް ވެސް އެޗްއީއޯސީން ބުނެއެވެ. އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމުގައި އެންމެ އިސްކޮށް އުޅުއްވާ ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ބްލެކް ފަންގަސް އިންފެކްޝަނަށް ޝައްކު ކުރެވުނު ބަލިމީހަކަށް ފަރުވާ ދެވުނު ކަމަށެވެ. ނަމަވެސް އޭނާގެ ނަތީޖާ ނެގެޓިވް ކަމަށާއި، އެއީ ބްލެކް ފަންގަސް ނޫން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެޗްއީއޯސީން ބުނީ އެމީހާގެ ފަރާތުން ފެނުނީ އުމުރުން ދުވަސްވުމުގެ ސަބަބުންނާއި އެނދުމަތިވެފައިވާ ބަލި މީހުންގެ ފަރާތުން އާންމުކޮށް ފެންނަ ފަންގަލް އިންފެކްޝަނެއް ކަމަށެވެ. ރާއްޖޭގައި ބްލެކް ފަންގަސް އުޅޭކަމަށް ކޭހެއް ރިޕޯޓް ކުރެވުނު އިރު، އަވަށްޓެރި އިންޑިއާގައި ބްލެކް ފަންގަސްގެ އިތުރުން ވައިޓް ފަންގަސްގެ ކޭސްތަކެއް ވަނީ ރިޕޯޓްކޮށްފައެވެ.

ވެއްޔާއި ހަލާކުވާ މޭވާ އާއި ތަރުކާރީ ފަދަ ތަކެތީގައި ޖަހާ ފަންގަސް އެއްގެ ޒަރިއްޔާއިން ފެތުރޭ މިއުކޯމައިކޯސިސް ޖެހުމުން ނޭފަތް ކަޅުވެ، ލޮލުގެ ފެނުން ފުސްވެ، މެއަށް ތަދުވުމުގެ އިތުރުން ނޭވާލާން ދަތިވެ، ކެއްސާ އިރު އަނގައިން ލޭ އައުން ފަދަ ކަންކަން ދިމާވެއެވެ.

މި ބަލިޖެހިގެން އިންޑިއާގައި މީހުން މަރުވަމުންދާކަމަށް ރިޕޯޓްކޮށްފައިވާ އިރު، 9،000 އާ ގާތްކުރާ އަދަދަކަށް ބްލެކް ފަންގަސްގެ ކޭސްތައް ވަނީ ރިޕޯޓްކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!